ރ.ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކުރެއްވީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ، ހުސެއިން ތަސްމީން އެވެ.
ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެއްވި މި ޕްރޮޖެކްޓުގެ އަގަކީ 25.5 މިލިއަން ރުފިޔާއެވެ.
މިޕްރޮޖެޓްގެ ސްކޯޕްގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އަކާއި އައިސީޔޫ، ނާސް ސްޓޭޝަނާއި ޕްރޮސީޖަރ ރޫމްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމްސް ހިމެނެއެވެ.