Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ސީޕީ ނަވީނާއެކު އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަނީ

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން

ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ހިމެނޭހެން ފުލުހުންގެ ސީނިއާ އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ އެ ކޮމިޓީގެ ސިއްރު ބައްދަލުވުމުގަ އެވެ.

އެގޮތުން ސަސްޕެންޑް ކުރުމަށް ލަފާދިނުމަށް ނިންމާފައިވަނީ، ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އާއި، އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ ޢާއި، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހްމާން އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު އާއި، ސުޕްރިޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމެވެ.

ނަވީނާއި އޮފިސަރުންގެ މައްޗަށް ތުހުމަތުކުރަނީ ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލްކޯގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި އެބޭފުޅުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް އެނގިފައިވެ އެވެ.