Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ރިޓަޔާކޮށްފި

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް، އިބްރާހީމް މުޙައްމަދު ދީދީ ރިޔަޓާކުރައްވައިފި އެވެ.

ޑެޕިއުޓީ ކޮމިޝަނާ ރިޓަޔާކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް ރިޓަޔާ ކުރެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

އެ މަގާމަށް އިބްރާހީމް މުޙައްމަދު ދީދީ އައްޔަނުކުރެއްވީ، ޖަނަވަރީ ދޭއް، 2019ގަ އެވެ. އޭގެކުރިން އޭނާ ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގަ އެވެ.