ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލު ކުރަން ބާއްވަން ފެށި ބައްދަލުވުންތަކުގެ ތިން ވަނަ ބައްދަލުވުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
އެ ބައްދަލުވުން ހާއްސަކުރަނީ މާލޭގެ މާފަންނު އަވަށުގެ ރައްޔިތުންނަށެވެ. އެ ބައްދަލުވުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ރޭ އޮންނާނީ ތާޖުއްދީން ސްކޫލްގަ އެވެ. ބައްދަލުވުބް ފަށާނީ އެ ރޭ 8:30 ގަ އެވެ.
ރައީސް މި ހަފުތާގައި ވަނީ ވިލިމާލޭގެ ރައްޔިތުންނާއި މައްޗަންގޮޅީގެ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
މާލެ ސަރަހައްދުގެ ރައްޔިތުންނާ އެ މަނިކުފާނު ބައްދަލު ކުރައްވަން ބައްދަލުވުންތައް ބާއްވަން ފެއްޓެވީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގެ ޒިޔާރަތް ކުރައްވައި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު އެވެ.
މި ބައްދަލުވުންތަކުގެ ބޭނުމަކި ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ސާފުކޮށް، އެކަންކަމަށް ހައްލު ހޯދައި ދޭން މަސައްކަތް ކުރުމެވެ.