އައްޑޫ ހުޅުދޫގައި މުދިމުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ހުޅުދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 5 އިން ފެށިގެން ތިން މަސް ދުވަހަށް ކަމަށެވެ.
އެހެންވެ ބައިވެރިވާން ޝައުގުވެރިވާން އެ ރަށު މީހުން ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 4 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީ ވާނީ އަވަށު އޮފީހުގެ ވައިބާ ނަންބަރު 7789046 މެދުވެރިކޮށެވެ.