Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ދަނޑުވެރިކަމުގެ ދާއިރާ އިން 10 ސްކޮލަޝިޕެއް

ދަނޑުވެރިކަމުގެ ދާއިރާ އިން 10 ސްކޮލަޝިޕަކަށް ހުޅުވާލައިފި އެވެ.

މިއީ ގައުމީ ޔުނިވަސިޓީން ކުރިއަސްށް ގެންދިއުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ކޯހުގެ 10 ފުރުސަތެވެ.

މިއީ ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގަމުން އަނަނަ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ސްޕޮންސަކޮޡްފައިވާ ސްކޮލަޝިޕްތަކެކެވެ.

ސްކޮލަޝިޕްތަކުގެ ޝަރުތުތަކުގެ ތެރޭގައި އޯ ލެވެލްގައި ބަޔޮލޮޖީ ހިމެނޭ ގޮތަށް ތިން މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުމާއި އޭ ލެވެލްގެ ދެ މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތް ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާސިލުކޮށްފައިވުން ނުވަތަ ލެވެލް 4 ގެ ސަނަދެއް ފުރިހަމަކޮށްފައިވުން ހިމެނެ އެވެ.

ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 26 އާ ހަމައަށެވެ.

އިތުރު މައުލޫމާތު 3033484 އިން ހޯދޭނެ އެވެ.