Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޝަންގްރިއްލާ ރިސޯޓުން ވަޒީފާތަކަކަށް ހުޅުވާލައިފި

އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް އަލުން ގެންނަން ނިންމާފައިވާ އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އިން ވަޒީފާތަކަކަށް ހުވާލައިފި އެވެ.

ޝަންގްރިއްލާ ގްރޫޕުން ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި އިންޖިނިއަރިން އާއި ކިޗަން ދާއިރާ އަަށް ސާވިސް އެސޯސިއޭޓުންނާއި ސެކިއުރިޓީ މެނޭޖަރުންނާއި ޗީފް އިންޖިނިއަރުން ހިމެނެ އެވެ.

މި މަގާމުތަކަށް ޝަންގްރިއްލާ ގްރޫޕްގެ ވެބްސައިޓް https://career10.successfactors.com/career?company=ShangriLa&career%5fns=job%5flisting%5fsummary&navBarLevel=JOB%5fSEARCH&_s.crb=nXlkOvtW%2fSxI5ADQiKoIt%2fH1Nzdh9E1zuVQJ%2bdS%2baNg%3dމެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.

ކޮވިޑާ ހެދި 2020 ގެ ތެރޭގައި ބަންދުކުރި ގޮތަށް މިހާތަނަށް އޮޕަރޭޝަނަށް ނުގެނެވި އޮތް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އަލުން ހުޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ 31 ގަ އެވެ. އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް މެނޭޖްމަންޓުން ވަމުން އަންނަ އިރު، މަސައްކަތްތައް ކުރިއަށްދާ ގޮތް، މި މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ކުރެއްވި ދަތުރުގައި ބައްލަވާފައިވެ އެވެ.

ގަން އެއާޕޯޓުން ލޯންޗްގައި ފަސްވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ދެހާސް އަށެއްގައި ހުޅުވި ރިސޯޓްގައި 60 ވޯޓާ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.