Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ވީއައިއޭގެ 'ސިނެކްސް' އިފުތިތާހުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) ގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން، ސީނެކްސް ޕްރޮގްރާމް އިފްތިތާކޮށްފި އެވެ.

އެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށް ދެއްވީ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހީމް މަހުދީ އެވެ.

ސީނެކްސް ޕްރޮގްރާމަކީ، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ސޮފްޓްވެއާ ކުންފުނިތައް، ކުރިއެރުވުމަށް އެމްއޭސީއެލުން ކުރިއަ ށްގެންދާ ޕްރޮގްރާމެކެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިހާރުވެސް ވީއައިއޭގެ ޚިދުމަތްތައް ވަރަށް ބޮޑަށް ޑިޖިޓަލައިޒްކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ އަދި ފެށުމެއް ކަމަށެވެ. އަދި މިހާރު ވެސް ވީއައިއޭގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެމްއޭސީއެލަކީ ފުދޭ ވަރެއްގެ ޕްރޮފިޓަބަލް ވެސް ކުންފުންޏެއް،" ޝަރީފް ވިދާޅުވި އެވެ. "އަޅުގަނޑުމެން އަމިއްލަ ޒާތުގައި ޑިވެލޮޕާސް ހަޔަކޮށްގެން މިކަން ކުރުމުގެ ޤާބިލިއްޔަތު އެބަހުރި.".

ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0" ގެ ނަމުގައި އަންނަނީ މަޝްރޫއެއް ހިންގަމުންނެވެ.