ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ ސޮއިކޮށްފައިވާ ފުރަތަމަ ބައޮގްރަފިކަލް ޑްރާމާގެ ބަތަލާއަކަށް ތަމަންނާ ބާޓިއަ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސިދާންތުގެ މި ފިލްމަކީ ހިންދީ ފިލްމުތަކުގެ އިތުރުން މަރާޓީ ސިނަމާގެ ކުރީގެ ވަރުގަދަ ޝަހުސިއްތެއް ކަމަށްވާ ވީ ޝަންތަރަމްގެ ވާހަކަ ކިޔައިދޭން ހަމަޖެހިފައިވާ ބައޮގްރަފިކަލް ޑްރާމާ އެވެ. މިއާ ބެހޭ އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން "ޗިތުރަޕަތީ ވީ ޝަންތަރަމް" ގެ ނަމުގައި ހަދަން ނިންމާފައިވާ މި ފިލްމު ޑައިރެކްޓް ކުރާނީ އަނީޝެކް ދޭޝްޕާންޑޭ އެވެ.
އޭނަ އަކީ ހިންދީ ފިލްމުތައް ކަމަށްވާ 2018 ގެ "ބްރީތު" އާއި 2016 ގެ "ވަޒީރު" ގެ އިތުރުން 2013 ގެ "ޓޭބަލް ނަމްބާ 21" ގެ ސްކްރީން ރައިޓަރެވެ. އަބީޝެކް އަކީ މަރާޓީ ސިނަމާގެ ކުރީގެ މަޝްހޫރު ތަރިއެއް ކަމަށްވާ ޑރ. ކަޝީނާތު ގަނޭކަރްގެ ބައޮގްރަފިކަލް ޑްރާމާ 2018 ގެ "އަނީ…ޑރ. ކަޝީނާތު ގަނޭކަރް" ގެ ޑައިރެކްޓަރު ވެސް މެ އެވެ.
ސިދާންތު ހިމަނައިގެން އޭނަ ހަދަން ނިންމާފައިވާ "ޗިތުރަޕަތީ ވީ ޝަންތަރަމް" ގެ ބަތަލާއަކަށް ތަމަންނާ ބާޓިއާ ނެގި ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.
އެހެންވެ މީގެ މަސައްކަތް ފަށާނެ އިރެއް ވެސް އަދި ނޭނގެ އެވެ.