Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

ޝޫޖިތު ދެން ހަދާނީ ހުރާފީ ކޮމެޑީއެއް

ރާޖް، މަނޯޖް އަދި ޝޫޖިތު.

"ވިކީ ޑޯނާ" އާއި "ޕީކޫ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޝޫޖިތު ސިރްކާރް ހުރާފީ ކޮމެޑީއަށް ތައްޔާރުވާން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އަންނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމުގެ ލީޑް އެކްޓަރުންނަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ދެ ފަންނާނުން ކަމަށްވާ ރާޖްކުމާރު ރާއޯ އާއި މަނޯޖް ބަޖްޕާއީ ކަމަށެވެ.

ޝޫޖިތުގެ އާ ފިލްމަށް ތައްތާރުވަމުން ދިޔަ ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް އޭނަ އަދި ރަސްމީކޮށް ހިއްސާއެއް ނުކުރެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމު ވާނީ އިންޑިއާގެ ސިނަމާ އަށް އަންނާނެ ވަރަށް ވެސް ތަފާތު ފިލްމަކަށެވެ.

ވަރޫން ދަވަންގެ "އޮކްޓޯބާ" އާއި އަޔޫޝްމަން ކްރާނާގެ "ގުލާބޯ ސިތާބޯ" އާއި ވިކީ ކޯޝަލްގެ "ސަރުދާރު އުދަމް" އަދި ޖޯން އަބްރަހަމްގެ "މެޑްރާސް ކެފޭ" ވެސް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އަބީޝެކް ބައްޗަނާ އެކު ގެނެސްދިން "އައި ވޯންޓް ޓު ޓޯކް" އެވެ.

އެ ފިލްމަށް މި އަހަރުގެ ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު ފިލްމު ކްރިޓިކްސްގެ އެވޯޑާއި އަބީޝެކަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނެވެ.