Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖް ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، ހައިވޭގައި މާލެ އިން ހުޅުމާލެއަށް ދާ ލޭން ގެ 4 ވަނަ ލޭން ނިމޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓްވކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 9:00 އެހާކަންހާ އިރު ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 22 އަހަރުގެ އަނހެނަކެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާގައި ސައިކަލު ދުއްވި މީހާގެ ކަނާތު ކޮނޑު ހުޅުނެއްޓި އެކި ވަރުގެ އަނިޔާތަށް ލިބިފައިވާ އިރު، އަންހެން މީހާ އަށް ވެސް އެކި ވަރުގެ އަނިޔާތަށް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.