Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ކަސްޓަމްސް އަށް ޖަޕާނުން ޕެޓްރޯލް އުޅަނދެއް

ރާއްޖޭގެ ކަސްޓަމްސް އަށް ޖަޕާން ސަރުކާރުގެ ޕެޓްރޯލް އުޅަނދެއް ހަދިޔާކޮށްފި އެވެ.

މި އުޅަނދާ ކަސްޓަމްސްގެ ފަރާތުން ހަވާލުވެވަޑައިގަތީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އުޅަނދު ހަވާލުކޮށް ދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމިކޯ އެވެ.

ޖަޕާންގެ ސަރުކާރުން ފުލުހުންނާއި ސިފައިންނަށް ވެސް މިފަދަ އެހީތައް ފޯރުކޮށް ދެމުން ދެ އެވެ. މީގެ ބޭނުމަކީ ތަންފީޒީ އިދާރާތަކުގެ ގާބިލު ކުރަން އިތުރު ކުރަން އެހީވުމެވެ.