Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

ރަންދީޕް ބައްޕައަކަށް ވަނީ

އިންޑިއާގެ އެކްޓަރު ރަންދީޕް ހޫޑާ ބައްޕައަކަށްވާން އުޅޭކަން އިއުލާންކޮށްފި އެވެ.

އޭނަގެ އަންހެނުން ލިން ލައިޝްރާމް ބަލިވެއިން ވާހަކަ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރީ މިއަދު ފާހަގަކުރާ ކައިވެނީގެ ދެވަނަ އެނިވަސަރީގަ އެވެ. ރަންދީޕާއި ލިން ކައިވެނިކުރީ ނޮވެމްބަރު 29، 2023 ގަ އެވެ.

މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ރަންދީޕަކީ އިންޑިއާގެ އެކްޓަރުންގެ ތެރެއިން އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުން ވެސް ފުރުސަތު ލިބޭ އެކްޓަރެކެވެ. އުމުރުން މިހާރު 49 އަހަރު އެކްޓަރަކީ ނެޓްފްލިކްސް އން 2020 ގައި ގެނެސްދިން ހޮލީވުޑްގެ ތަރި، ކްރިސް ހެމްސްވޯތުގެ "އެކްސްޓްރެކްޝަން" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު އެކްޓަރެކެވެ.

އޭނަ މިހާރު ވެސް އަންނަނީ "މެޗްބޮކްސް" ކިޔާ ހޮލީވުޑްގެ އެކްޝަން އެޑްވެންޗާ ކޮމެޑީއެެއްގެ މަސައްކަތް ކުރަމުންނެވެ.

ރަންދީޕް އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި ސަނީ ޑިއޯލްގެ "ޖާޓް" އިންނެވެ. އޭނަ އަކީ އެކްޓަރެއްގެ އިތުރުން މިހާރު ޕްރޮޑިއުސަރެއް، ޑައިރެކްޓަރެއް އަދި ސްކްރީން ރައިޓަރެކެވެ.

ރަންދީޕްގެ ކުރިއަށް ހުރި ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ޝްރަދާ ކަޕޫރާ އެކު ކުޅޭ "އީތާ" ހިމެނެ އެވެ.