Last Updated: May 2, 06:04
Friday, May 2, 2025
ޚަބަރު

ފޭދޫ ބޮޑުމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ ފޭދޫ ބޮޑު މަގުގައި 2 ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ފޭދޫ ބޮޑުމަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ 2 ސައިކަލެއް ޖެހިގެންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރ ޚަދީޖާ ހަފްސާ 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓްގައި 3 ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން އެއްވެސް ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށެވެ.

އެކްސިޑެންޓްގައި ޒަޚަމްވީ އުމުރުން 11 އަހަރުގެ ކުއްޖަކާއި، 14 އަހަރުގެ ކުއްޖެއްގެ އިތުރުން 18 އަހަރުގެ ޒުވާނެކެވެ.

ފޭދޫ އީޒީއެކްސް ފިހާރަ ކައިރިން ހިނގި މި އެކްސިޑެންޓްގައި ޒަޚަމްވި 3 ޒުވާނުން ވެސް ފަރުވާ ދިނުމަށް ގެންދިޔައީ ފޭދޫ ސިއްޙީ މަރުކަޒަށެވެ. ނަމަވެސް އޭގެ ތެރެއިން 11 އަހަރުގެ ކުއްޖާގެ އެކްސްރޭ ނެގުމަށް ފޭދޫގައި ހުންނަ އެއިމްސްގެ ކްލިނިކަށް ވަނީ ގެންދެވިފައެވެ.