Last Updated: July 7, 03:23
Tuesday, July 7, 2026
ޚަބަރު

ޕީއެސްއެމްގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަން ކުރެއްވީ ޑިސެމްބަރު 23، 2024 ގަ އެވެ. އޭނަ ކުރިން ޕީއެސްއެމްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމު ވެސް އަދާކޮށްފައިވެ އެވެ.

ނަސްރީނަކީ މި ސަރުކާރު އައި ފަހުން ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި ތިންވަނަ ބޭފުޅާ އެވެ. މި ސަރުކާރުން އެންމެ ފުރަތަމަ ދައުލަތުގެ މީޑިއާގެ އެމްޑީއަކަށް އައްޔަންކުރީ ކުރީގެ ނޫސްވެރިޔާ ޒީނާ ޒާހިރެވެ. އޭނަ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް 24 ގަ އެވެ.

އޭގެ ފަހުން ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަންކުުރީ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތަކެއް އަދާކުރެއްވި މުހައްމަދު ސައީދެވެ. އެމްޑީގެ މަގާމަށް މިދިޔަ އަހަރުގެ އޮގަސްޓް 25 ގައި ސައީދު އައްޔަންކޮށްފައި ވަނިކޮށް އިސްތިއުފާ ދެއްވީ އެ އަހަރުގެ ޑިސެންބަރު 17 ގަ އެވެ.