މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ ޑރ. ސަނީ އުމަރު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ސަނީ ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވި ނަމަވެސް އޭނައާ ގުޅޭ އެފަދަ މައްސަލައެއް ސަމާލުކަމަށް އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.
ސަނީ އަކީ ޓްރެވަލް ގައިސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އެވެ. އެ ކުންފުންޏަކީ މޯލްޑިވްސް ހަލާލް ޓްރެވަލް، ދި އައިލެންޑް ޕޯސްޓް ފަދަ ޓޫރިޒަމް ދާއިރާގެ މަޖައްލާތއް ފޮތްތައް ނެރެ، މޯލްޑިވްސް ހަލާލް ޓްރެވަލްގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހިންގަމުން އަންނަ ކުންފުންޏެކެވެ.
ރާއްޖޭގައ ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް ހާއްސަކޮށްގެން ދޭ އެވޯޑެއް ކަމަށްވާ "ގޯލްޑް 100" އަކީ ވެސް ސަނީގެ ކޯޕަރޭޓް މޯލްޑިވްސް އިސްކޮށް އޮވެގެން ދެމުން އަންނަ އެވޯޑެކެވެ.
އެނގިފައިވާ ގޮތުގައި ސަނީ ކުޑަކުއްޖަކާ ބެހުނު މައްސަލެއް ފެންމަތިވެފައި ވަނިކޮށް އޭނަ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ.