Last Updated: July 28, 09:39
Tuesday, July 28, 2026
ޚަބަރު

ސަދަން އޭރިއާ އިން ބަލި މީހަކު ތިނަދު އަށް ގެންގޮސްފި

ހާލު ދެރަ ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ އިން ގދ. ތިނަދު އަށް ގެންގޮސްފި އެވެ.

ގއ. ކަނޑުހުޅުދޫ ޕީޗް ހައުސް އަހަރުގެ ލަތީފާ ޢަބްދުލް ކަރީމް، 47، ތިނަދު އަށް ގެންގޮސްފައި ވަނީ މީގެ ހަތަރު ދުވަސް ކުރިން ފާޚާނާ ތެރެއަށް ވެއްޓި ސިކުނޑީގައި މައްސަލަ ޖެހުމާއި އަދި ފަރުވާ ނުލިބި ގިނަ އިރު ވެއްޖެނަމަ ފުރާނައަށް ނުރައްކާވާ ޒާތުގެ ބައްޔެއް ވެސް ހުރުމާއެކު ގައްދޫ ސިއްޙީ މަރުކަޒުން ފަރުވާ ދެވެން ނެތުމާއި ގުޅިގެން އެންމެ ކައިރި ހޮސްޕިޓަލަކަށް ގެންދިއުމަށް ޑޮކްޓަރުގެ ލަފާ ދެއްވާފައިވާތީ ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުންޏެވެ.

ގައްދޫ ކައުންސިލް އިދާރާގެ އެދުމުގެ މަތިން ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ 109 ނަންބަރު ހާބަރު ކްރާފްޓްގައި ލަތީފާ ތިނަދޫ އަށް ގެންދެވިފައި ވަނީ ރޭ 12:45 އެހާކަށްހާ އިރު ކަމަށް ވެސް އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުންޏެވެ.