Last Updated: July 7, 03:23
Tuesday, July 7, 2026
ދުނިޔެ

ލަންކާ ތޫފާނުގައި މަރުވި މީހުންގެ އަދަދު 159 އަށް

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 159 އަށް އަރައިފި އެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނީ ތޫފާނުގެ ސަބަބުން 159 މީހުން މަރުވުމުގެ އިތުރުން 203 މީހަކު ވަނީ ގެއްލިފަ އެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން ގާތްގަނޑަކަށް 15،000 ގެއެއް ހަލާކުވެފައިވާއިރު، 44،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު، ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ލަންކާއިން ވަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމުތަކުގެ ކިބައިން އެދިފަ އެވެ.

އެގޮތުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުން ވެސް ވަނީ ނިންމައިފި އެވެ.