Last Updated: July 7, 07:10
Tuesday, July 7, 2026
ޚަބަރު

ޕީއެންސީގެ ކެމްޕޭން މެނޭޖަރަކަށް ފަލާހު

އިބްރާހިމް ފަލާހު- ފޮޓޯ: ޕީއެންސީ

އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ހަމަޖައްސައިފި އެވެ.

ޕީއެންސީން ބުނީ އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އެ ޕާޓީގެ ކެމްޕޭން މެނޭޖަރަކީ ފަލާހު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު 28 ގަ އެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވައިލަން ނިންމާފައި ވަނީ ޖެނުއަރީ 17 ގަ އެވެ. މިފަހަރު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

އެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރީތައްވަމުން އަންނަ އިރު، މިހާރު ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ސިޓީތަކާއި ރަށްތަކުގެ އާބާދީގެ ތަފުސީލުތައް ވެސް އާންމުކޮށް އެވެ.

އީސީން ބުނީ އިންތިޚާބު ބޭއްވުމަށްޓަކައި 70-80 މިލިޔަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ.