Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ޓްރެވެލް ގައިސް އިން ސަނީ ވަކިކުރަން ނިންމައިފި

ޑރ. ސަނީ އުމަރު ކުޑަކުދިންތަތަކަކާ ބެހުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން އޭނަގެ ހިއްސާ އޮންނަ ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑުން އޭނަ ވަކިކުރަން އެ ކުންފުނިން ނިންމައިފި އެވެ.

ޓްރެވެލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގައި އޮތް ސަނީގެ ހިއްސާ އަތުލަން ބޯޑުން ނިންމައި އޭނަ ވަކި ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގައި ގާނޫނީ އަދި ކޯޕަރޭޓް ގަވާނަންސްގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާނެ ކަމަށް ބުންޏެވެ.

ޓްރެވެލް ގައިސް އިން ބުނީ ސަނީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.

ކުޑަކުދިންތަކަކާ ސަނީ ބެހުނު ކަމަށް ބުނާ މައްސަލަ ފެންމަތިވެ، އެކަން ފުލުހުންގެ ސަމާލު ކަމަށް ވެސް އައުމާ ގުޅިގެން އެކަންް ބަލަމުން އަންމަ ކަމަށް ފުލުހުން އިއްޔެ މީޑިއާތަކަށް ބުންޏެވެ. ނަމަވެސް އެ މައްސަލަ ރަސްމީކޮށް އެއްވެސް ފަރާތަކުން ފުލުހަށް ހުށަހަޅައިފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ސަނީ ގުޅުން ހިންގާފައި ވަނީ އޭނަގެ އަންހެނުންގެ އާއިލާ އަށް ނިސްބަތްވާ ތިން ކުއްޖަކާ އެވެ. އަދި މި މައްސަލަ ފެންމަތިވުމާ އެކު އޭނަ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ.