ދާދި ފަހުން ރިލީޒްކޮށް، އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ބޮލީވުޑްގެ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2" ގެ ބަތަލާ ރަކުލް ޕްރީތު ސިންގްް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މި ދަތުރުގައި އޭނަގެ ފިރިމީހާ ކުރީގެ އެކްޓަރު އަދި މިހާރު ޕްރޮޑިއުސަރެއް ކަމަށްވާ ޖެކީ ބަގްނާމީގެ އިތުރުން ބޮޑު ޓީމެއް ބައިވެރިވެ އެވެ. ރާއްޖެ މި ދަތުރުގެ ބައެެއް ފޮޓޯތައް އެ މީހުންގެ އިންސްޓަގްތާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރި މަތިން ފިރިމީހާ އާއި އާއިލާއާ އެކު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ރަކުލް މި ފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޯލި މޯލްޑިވްސްގަ އެވެ.
ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައ ވެސް މަސައްކަތްކުރާ ބަތަލާގެ "ދޭ ދޭ ޕިޔާރު ދޭ 2" މި މަހުގެ 14 ގައި ރިލީޒްކުރި ފަހުން މި ފިލްމު އަންނަނީ ބޮކްސް އޮފީހުގައި ވަރަށް ރަނގަޅު ވިޔަފާރިއެއް ކުރަމުންނެވެ. އަޖޭ ދޭވްގަން ބަތަލުގެ ރޯލު ކުޅެފައިވާ މި ރޮމޭންޓިކް ކޮމެޑީ އަކީ 2019 ގެ "ދޭ ދޭ ޕިޔާރު ދޭ" ގެ ސީކްއެލް އެވެ.
މީގައި ދައްކުވައި ދެނީ ޒުވާން އަންހެން ކުއްޖަކު އޭނަގެ ބައްޕަގެ އުމުރުގެ މީހަކާ ހިތާވެ، ކައިވެނި ކުރަން އުޅުމުން ދިމާވާ ހެއްވާ މަޖާ ހާދިސާތަތަކެވެ.
ރަކުލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަމަލް ހަސަންގެ ތަމަޅަ ފިލްމު "އިންޑިއަން 3" ގެ އިތުރުން ބޮލީވުޑްގެ ތަރި އަޔޫޝްމަން ކްރާނާގެ "ޕަތީ ޕަތުނީ އޯރް ވޯ ދޯ" ހިމެނެ އެވެ.
"ދޭ ދޭ ޕިޔާރު ދޭ 2" އަކީ މި އަހަރު ރިލީޒްކުރި ރަކުލްގެ ދެވަނަ ފިލްމެވެ. އޭނަގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި އަރުޖުން ކަޕޫރްގެ ރޮމޭންޓިކް ކޮމެޑީ "މޭރޭ ހަޒްބަންޑް ކީ ވައިފް" އެވެ.