Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ވަޒީފާއާ ބެހޭ ޓްރިބިއުނަލް ރިސެސް އަށް

މާދަމާ އިން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލް ރިސެސް އަށް ދާން ނިންމައިފި އެވެ.

އެތަނުން ބުނީ މާދަމާ ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 1 އާ ހަމައަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އޮންނާނީ ރިސެސްގައި ކަމަށެވެ.

ރިސެސްގެ މުއްދަތުގައި، މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ނުބޭއްވި ނަމަވެސް، މިހާރު ތާވަލުކުރެވިފައިވާ އަޑުއެހުންތަކާއި، އަވަސް މައްސަލަތަކެއްގެ ގޮތުގައި ބަލަން ޖެހޭ މައްސަލަތަކުގެ އަޑުއެހުންތަކާއި، ކޮންމެހެން އަޑުއެހުމެއް ބާއްވަން ޖެހޭ ކަމަށް އެ މައްސަލަ ބައްލަވާ މަޖިލީހަކަށް ފެނިވަޑައިގަންނަވާ މައްސަލަތަކުގެ އަޑުއެހުންތަކާއި، ރިސެސްގެ މުއްދަތުގެ ތެރޭގައި މައްސަލަތަކާ ގުޅިގެން ހުށަހަޅަން ޖެހޭ ޖަވާބު ނުވަތަ ހެކި ނުވަތަ ބަޔާން ހުށަހެޅުން އެ މައްސަލައެއް ބައްލަވާ މަޖިލީހަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށް ދާނެ ކަމަށް ޓްރައިބިއުނަލުން ބުންޏެވެ.

ރިސެސްގެ މުއްދަތުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަތައް ބަލައިގަތުމާއި، ޓްރައިބިއުނަލުގެ އިދާރީ ޚިދުމަތްތަކާ ބެހޭ އެންމެހައި މަސައްކަތްތައް އާންމު އުޞޫލުން ހިނގަމުން ދާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.