ފުވައްމުލަކުގައި ބިދޭސީން ދިިރިއުޅޭ ތަންތަން ޗެކް ކުރުމުގެ ހަރަކާތެއް ފަށައިފި އެވެ.
މިކަން ކުރިއަށް ގެންދަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެންނެވެ.
އެގޮތުން ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އިއްޔެ 13 ގެއެއް ބަލައި ފާސްކޮށްފައިވާ އިރު އެގެތަކުގައި ދިރިއުޅޭ ބިދޭސިން ދިރިއުޅެމުން އަންނަނީ ސައްހަ ވިސާއަކާއެކު ގަވާއިދާ އެއްގޮތަށްތޯ ވެސް ބަލާފައިވެ އެވެ.
މި ހަރަކާތުގެ މަގުސަދަކީ ފުވައްމުލަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާ ވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމެވެ.
އިމިގްރޭޝަނުން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.