ހުޅުމާލެ އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ފޭސް 2 ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުން އަންނަނީ ރ. ދުވާފަރު، ސިކްސް ސެންސް، ޝިބާ ރަޝީދު ކަމަށެވެ.
އެ ކުއްޖާ މީގެ ދެ ދުވަސް ކުރިން ގެއިން ދިޔަ ގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައި ވަނީ 28 ވަނަ ދުވަ ހުއެވެ. އަދި މި ރިޕޯޓާ އެކު ފުލުހުންގެ ކަމާ ގުޅުން ހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް މިހާތަނަށް ކުއްޖާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ ޝިބާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.