ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އެ ގައުމަށް އެހީވުމުގެ މަސައްކަތް ފަށައިފި އެވެ.
އެގޮތުން މިހާރު ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އަސާސީ ބައެއް ތަކެތި އެ ޖަމިއްޔާ އިން އަންނަނީ ފޯރުކޮށް ދެމުންނެވެ. އައިއޭސީން ބުނީ އެހީ ލިބެމުން އަންނަ ވަރަކުން އެ މަސައްކަތް ފުޅާކުރަމުން އަންނާނެ ކަމަށެވެ.
އައިއޭސީން ވަނީ ލަންކާގެ ކާރިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ އެއްވެސް ދިވެއްސެއް އެނގޭ ނަމަ ނުވަތަ އެފަދަ މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް ހިއްސާކޮށް ދޭން ވެސް އެދިފަ އެވެ.
ލަންކާ އަށް އެހީވާން ޖަމިއްޔާ އިން ފެށި މަސައްކަތުގެ ދަށުން އެ ގައުމާއި މެލޭޝިއާ، އިންޑޮނީޝިއާ އަދި ތައިލޭންޑްގައި ވެސް މޫސުމީ ހާދިސާތަކުގެ ސަބަބުން ގެއްލުންވެފައިވާތީ އެ ގައުމުތަކަށް އެހީވާން ފައިސާ ހަދިިޔާ ކުރުމުގެ ފުރުސަތު އައިއޭސީން އޮތީ ހުޅުވާލައިފަ އެވެ.