Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ސެންޓްރަަމް އެއާ ވެސް ވީއައިއޭގެ އާ ޓާމިނަލަށް

އުޒްބެކިސްތާންގެ ސެންޓްރަމް އެއާލައިންގެ ހިދުމަތްތައް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.

މިއާ ޓާމިނަލް 1 އަށް ހިދުމަތް ބަދަލުކުރި 27 ވަނަ އެއާލައިން ކަމަށް މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުންޏެވެ.

ވީއައިއޭޒގެ ޒަމާނީ އާ ޓާމިނަލް ހުޅުވީ ޖުލައި 26 ގަ އެވެ.

އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖަ ބޯޑިން ގޭޓާއި 12 އޭރޯބްރިޖް ހުރެ އެވެ.

މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.