ހުޅުމާލޭގެ ގެސްޓް ހައުސްއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއްގެ ގެސްޓްހައުސެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިގެން ރިޕޯޓްކޮށްފައި ވަނީ މެންދިރު 12:14 ހާއިރު ކަމަށެވެ. އެ ރިޕޯޓު ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މަރުވެފައި އޮއްވައި ފެނުނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.