Last Updated: June 6, 20:36
Saturday, June 6, 2026
ކުޅިވަރު

ކުޅިވަރާ ގުޅޭ އެެއްބަސްވުމެއް ތައިލޭންޑާ އެކު

ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެއްގައި ތައިލޭންޑާ އެކު ސޮއިކޮށްފި އެވެ.

ތައިލެންޑްގެ ސްޕޯޓްސް މިނިސްޓްރީގައި މި މަހުގެ 27 ގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސް؛ޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ. ތައިލެންޑް ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ޕަތުޕޮންގު ޕޮންގުސަކުލް އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން އެ ދާއިރާއިން މީހުން ތަމްރީނު ކުރަން ހަމަޖެހިފައިވެ އެވެ.

އެގޮތުން ކުރެވޭ މަސައްކަތުގެ ތެރޭގައި ކުޅިވަރުގެ ދާއިރާގެ މުވައްޒަފުން ބަދަލުކުރުމާއި ތަރައްޤީ ކުރުމުގެ އިތުރުން ކުޅިވަރުގެ ތަމްރީނާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަރައްޤީ ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނޭއިރު، ކުޅިވަރުގެ ވަސީލަތްތަކާއި ފެސިލިޓީތައް ތަރައްޤީކުރުމަށް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބިގެން ދާނެ ކަމަށް މިނިސްޓްރީނން ބުންޏެވެ.