Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ފާފަތައް ލިޔުއްވަން ފައްޓަވަނީ ކޮން ޢުމުރެއްގައި؟

އާދަމުގެ ދަރިޔާ ޙިސާބުކުރެވެގެން ފަށަނީ އޭނާ ބާލިޣުވާ ހިސާބުން ފެށިގެންނެވެ. އެއީ ބާލިޣުވުމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެއް ފާޅުވާން ފަށާ ޙިސާބުންނެވެ. އޭގެ ކުރިން އޭނާ ކުރާ ކަންކަމަކީ ލިޔުއްވޭ، ޙިސާބު ކުރެވޭ، އަދި ޢަޛާބުދެވޭ ކަންކަމެއް ނޫނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(رُفِعَ الْقَلَمُ عَنْ ثَلَاثَةٍ: عَنِ النَّائِمِ حَتَّى يَسْتَيْقِظَ ، وَعَنِ الصَّبِيِّ حَتَّى يَحْتَلِمَ ، وَعَنِ الْمَجْنُونِ حَتَّى يَعْقِلَ ) رواه أبوداود (رقم/4403) ، وصححه الألباني في” صحيح أبي داود

“ތިން މީހެއްގެ ކިބައިން ގަލަން ވަނީ އުފުއްލަވައިފަ އެވެ. (އެބައިމީހުން ކުރާ ކަންތައް ލިޔުއްވުމެއް ސުވާލު ކުރެއްވުމެއް ނެތެވެ.) ނިދާފައިވާ މީހާ އެވެ. އޭނާ ނިދީން ހޭލައިފުމަށް ދަންދެނެވެ. ކުޑަކުއްޖާ އެވެ. އޭނާ ބާލިޣުވެއްޖެއުމަށް ދާންދެނެވެ. މޮޔަމީހާ އެވެ. އޭނާގެ ބުއްދި ހަމަޖެހިއްޖެއުމަށް ދާންދެނެވެ.”

އިމާމު އިބްނުލް މުންޛިރު ރަޙިމަހުﷲ ވިދާޅުވި އެވެ.

“ފަރުޟުތަކާއި ޙުކުމްތައް ވާޖިބުވަނީ ބާލިޣުވެފައިވާ ބުއްދިހުރި މީހާގެ މައްޗަށް ކަމަށް ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވެ އެވެ. ”الإشراف على مذاهب العلماء” (7/227)

والله أعلمُ

ނޯޓް: މިއީ ޝައިޚް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.