Last Updated: July 7, 07:55
Tuesday, July 7, 2026
ޚަބަރު

މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވަނީ

ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނީ ވިލިގިއްޔާއި ވާދޫއާ ދިމާ ބޭރަށް "ފެހިލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު 16:59 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން މެރިން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ދޯނި ކަފު ޖަހައިގެން ގުޅީފަޅަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.