ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، ފައިސާތައް ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަކަމަށް ލިބުނު މައުލޫމާތު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ މަހުގެ 20 ގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ރ. ރަސްގެތީމު، ކިއުބާ، ޙުސައިން ސޮލާހު، 40، އާއި އުޒްބެކިސްތާނުގެ ހަތަރު އަންހެނެކެވެ. އެއީ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ، 40 އާއި ޑިލްޑޯރާ، 31، އާއި ޝަހުޒޮޑަޚޮން ރުސްތަމޯވާ، 28، ގެ އިތުރުން އުމިޑަބޮނޫ ނެމަޓޯވާ، 34، އެވެ.
މި ފަސް މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ސޮލާހު އާއި ޒަރީމާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެއެޕާރޓްމަންޓް ބަލައިފާސްކުރި އިރު، 19،100 އަށް ވުުރެ އެމެރިކާ ޑޮލަރާއި 18،000ރ އަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ސޮލާހު އާއި ޒަރީމާ އަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް 5 ދުސް ޖަހާފައިވެ އެވެ.
މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.