ހުޅުމާލެ އިން ގެއްލުން ކުޑަ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
ރ. ދުވާފަރަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ޝިބާ ރަޝީދު ގެއްލިގެން ހޯދަމުން އަންނަ ވާހަކަ ފުލުހުން އިއުލާންކުރީ އިއްޔެ ހެނދުނު އެވެ. އަދި އެ ކުއްޖާ ފެނިފައި ވަނީ ރޭގަ އެވެ. ފުލުހުން ބުނީ ޝިބާ ރޭގެ ވަގުތެއްގައި އަމިއްލަ އަށް ގެއަށް ގޮސްފައިވާކަމުގެ މައުލޫމާތު އާއިލާ އިން ދީފައިވާ ކަމަށެވެ.
އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް އާއިލާ އިން ރިޕޯޓްކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ފަތިހު 05:55 ގައި ގެއިން ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވުމާ ގުޅިގެންނެވެ.