އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
އެ އިންތިހާބު ބާއްވާނީ އެ ކުންފުނީގެ އަންނަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ 4 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އީމެއިލް ކުރާނީ މި މެއިލް [email protected] އަށެވެ.
އުރީދޫން ބުނީ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް އިން www.ooredoo.mv ލިބޭނެ ކަމަށެވެ.