Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ކަރަންޓްގައި ޖެހި ފިހުނު މީހާ ފަރުވާ އަށް ތައިލޭންޑަށް

ކަރަންޓްގައި ޖެހި ހާލު ދެރަވި ސްޓެލްކޯގެ މުވައްޒަފަކު އިތުރު ފަރުވާ އަށް ތައުލޭންޑަށް ގެންގޮސްފި އެވެ.

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާގައި ކަރަންޓުގައި ޖެހި ފިހުނީ ކުންފުނީގެ 43 އަހަރުގެ މުއްޒަފެކެވެ. އޭނަ އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ރޭގެ ވަގުތެއްގައި ތައިލޭންޑަށް ގެންދިޔައީ އެއާ އެމްބިއުލާންސްގަ އެވެ.

ކަރަންޓްގައި ޖެހުނު ހާދިސާގައި އެ މީހާ ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސްވެފައިވެ އެވެ.

މުވައްޒަފު ކަރަންޓްގައި ޖެހި ފިހުނު ހާދިސާއާ ގުޅިގެން ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ޗަނީ އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލުކުރަމުން ދަނިކޮށް ކަމަށެވެ.

ސްޓެލްކޯ އިން ބުނީ އޭނަގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލައި، އެ ކުންފުނީގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ މުވައްޒަފުގެ އާއިލާއާ ގުޅިގެން ދޭނެ ކަމަށެވެ.