Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ގުރައިދޫން ވެސް ޕާސްޕޯޓްގެ ހިދުމަތް

ތ. ގުރައިދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.

އެ ރަށުގައި އެ ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ޕާސްޕޯޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުންނެވެ.

ގުރައިދޫގެ އިތުރުން ތ. ވިލުފުއްޓާއި ވޭމަންޑޫގައިވެސް ޕާސްޕޯޓްގެ ހިދުމަތް މިހާރު ލިބެމުން ދާނެ އެވެ.

ގުރައިދޫގައި ޕާސްޕޯޓްގެ ހިދުމަތް އިފުތިތާހުކުރީ ރޭގަ އެވެ.

އިމިގްރޭޝަންގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ގޮތް ހެދުމެވެ. ޣު