Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

ސިދާންތު ކުޅޭ ބައޯޕިކްގެ ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ ސޮއިކުރުި ފުރަތަމަ ބައޮގްރަފިކަލް ޑްރާމާގެ ފަސްޓްލުކް ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

"ވީ ޝަންތަރަމް" ކިޔާ މި ފިލްމަކީ ހިންދީ ފިލްމުތަކުގެ އިތުރުން މަރާޓީ ސިނަމާގެ ކުރީގެ ވަރުގަދަ ޝަހުސިއްތެއް ކަމަށްވާ ވީ ޝަންތަރަމްގެ ހަޔާތަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. މިއީ އަބިޖީތު ޝިރިޝް ދޭޝްޕާންޑޭ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނަ އަކީ ހިންދީ ފިލްމުތައް ކަމަށްވާ 2018 ގެ "ބްރީތު" އާއި 2016 ގެ "ވަޒީރު" ގެ އިތުރުން 2013 ގެ "ޓޭބަލް ނަމްބާ 21" ގެ ސްކްރީން ރައިޓަރެވެ.

އަބިޖީތަކީ މަރާޓީ ސިނަމާގެ ކުރީގެ މަޝްހޫރު ތަރިއެއް ކަމަށްވާ ޑރ. ކަޝީނާތު ގަނޭކަރްގެ ބައޮގްރަފިކަލް ޑްރާމާ 2018 ގެ "އަނީ…ޑރ. ކަޝީނާތު ގަނޭކަރް" އާއި 2022 ގެ "ހަރް ހަރް މަހާދޭވް" ގެ ޑައިރެކްޓަރު ވެސް މެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސިދާންތު ހިމަނައިގެން އޭނަ ހަދާ "ވީ ޝަންތަރަމް" ގެ ބަތަލާއަކަށް ތަމަންނާ ބާޓިއާ ވަނ ނަގަައިފަ އެވެ. އެކަމަކު ފިލްމުގެ ޓީމުން އެކަން އަދި ކަށަވަރުކޮށެއް ނުވެ އެވެ. އަދި މި ފިލްމު ސިނަމާތަކަށް ގެންނާނެ އިރެއް ވެސް އިއުލާނެއް ނުކުރެ އެވެ.

ކުރިއަރަމުން އަންނަ އުންމީދީ އެކްޓަރު ސިދާންތުގެ އެންމެ ފަހުގެ ފިލްމަކީ ސެޕްޓެމްބަރުގައި ރިލީޒްކުރި "ދަޅަކް 2" އެވެ.

އޭނަގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށްފައިވާ "ދޯ ދީވާނޭ ޝެހެރް މޭ" އާއި ޑައިރެކްޓަރު ވިކާސް ބާލްގެ "ދިލް ކާ ދަރުވާޒާ ކޯލް ނާ، ޑާލިން" ހިމެނެ އެވެ.