Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ބީއެމްއެލްގެ ހިދުމަތްތެރިންނަށް އެވޯޑް ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް، އެވޯޑް ދީފު އެވެ.

އެކަމަށްޓަކައި ރޭ ބޭއްވި ހަފުލާގައި ބޭންކަށް 15، 20، 30 އަދި 40 އަހަރު ޚިދުމަތްކުރި މުވައްޒަފުންނަށް އެވޯޑު ޙަވާލުކޮށް ދެއްވީ، ބީއެމްއެލްގެ ޗެއާޕާސަން އަހިމަދު ޢަލީ ޙަބީބާއި ބޯޑު މެންބަރުންނެވެ.

ފއްެ ލާގައި 43 މުވައްޒަފުންނަށް އެވޯޑު ދީފައިވެ އެވެ. ސާޅީސް އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ޚިދުމަތްކޮށްފައި ވާތީ ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު ޙަސަން ޝާމަށް ޚާއްސަ އެވޯޑެއް ދީފައިވެ އެވެ. އަދި ބޭންކަށް 25 އަހަރު ޚިދުމަތްކޮށްފައިވާތީ ބޭންކްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފަށް ވެސް، އެވޯޑެއް ދީފައިވެ އެވެ.

ޝަރީފް ވިދާޅުވީ، މުއައްސަސާއެއް ކާމިޔާބުވެ ވަރުގަދަ ވަނީ އެ މުއައްސަސާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކިބައިގައި ހުންނަ ރަގަޅު ސިފަތަކާއެކު، އެ މުއައްސަސާއަށް ހޭދަކުރާ ވަގުތުތަކާއި، އެ މުއައްޒަފުންގެ ހުނަރާއި އެ މުއައްސަސާއެއްގެ އަމާޒުން ކަމަށެވެ.