Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

ސޮނާކްޝީގެ ގޭގައި ޚަތިމެއް!

އިންޑިއާގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ ގޭގައި ޙަތިމެއް އޮންނަކަން ދައްކާލައިފި އެވެ.

އޭނަ އާއި ފިރިމީހާ ޒަހީރުގ އިގްބާލްގެ އާ އެޕާޓްމަންޓް ޓުއާއެއްގެ ގޮތުގައި ސޮނާކްޝީގެ ޔޫޓިއުބްގެ ޗެނަލްގައި ދައްކައިލި އިރު، ގޭގައި ހުރި ޕްރެޔާ އަދި މެޑިޓޭޝަންގެ ރޫމްގެ ކަބަޑެއްގެ މަތީގައި ބަހައްޓާފައު ހުރި ފޮތްތަކެއްގެ ތެރޭގައި މުސްހަފެއްގެ ކޮޕީއެއް އޮންނަ ތަން ވެސް ދައްކާލާފައިވެ އެވެ. ޚަތިމު އޮތް ތަނުގައި އެހެން ދީންތަކުގެ ފޮތްތަކެއް ވެސް ބަހައްޓާފައި ހުންނަ ތަން ފެނެ އެވެ.

ސޮނާކްޝީގެ ދެމަރިންގެ ގޭގައި ކީރިތި ޤުރްއާންގެ އިނގރޭސި ތަރުޖަމާގެ ކޮޕީއެއް އޮތް އިރު، ފިރިމީހާ ޒަހީރަކީ މުސްލިމް އާއިލާއަކަށް ނިސްބަތްވާ އެކްޓަރެކެވެ. ސޮނާންޝީ އާއި ޒަހީރު ކައިވެނުކުރީ މިދިޔަ އަހަރު އެވެ. ވަރަށް ލޯބިން އުޅޭ ޖޯޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މި ދެ ފަންނާނުންގެ ދިރިއުޅުން ވަރަށް ބޮޑަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުން ދެ އެވެ.

ސަލްމާން ޚާންގެ "ދަބަންގް" އިން 2010 ގައި ބޮލީވުޑަށް ނުކުތް ސޮނާކްޝީ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާގެ ތިން ކުދިންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނަގެ ދޮއްޓަށް ތިބެނީ އެއްމާބަނޑު ދެބެއިންނެވެ. އެއީ ލަވް އާއި ކުޝް ސިންހާ އެވެ.

މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ސޮނާކްޝީގެ ފިރިމީހާ ޒަހީރު ތައާރަފުވީ ސަލްމާން ޕްރޮޑިއުސްކުރި 2019 ގެ ފިލްމު "ނޯޓްބުކް" އިންނެވެ.

ވަރަށް ގިނަ ފަހަރު މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ މި ދެމަފިރިންގެ އާ ގޭގެ ޓުއާ އިން ފެންނަ ގޮތުގައި އެ މީހުން އުޅެނީ ވަރަށް "ޕޮޝް" ލައިފްސްޓައިލެއްގަ އެވެ.