Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ވަތަނީ ޕްރޮގްރާމްގެ ދެވަނަ ބުރަށް ބައިވެރިން ހޮވަނީ

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެ މަސައްކަތް ފެށީ މިދިޔަ މަހުގެ މަރުޙަލާ 29 ގައި ކަމަށެވެ. ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މި މަރުޙަލާ ކުރިއަށް ގެންދަނީ ށ. ފުނަދު އާއި ރ. އުނގޫފާރާއި އދ. މަހިބަދޫ އާއި ލ. ގަމާއި އައްޑޫހިތަދޫގެ އިތުރުން މާލޭގަ ގައެވެ.
މި މަރުޙަލާގައި ބައިވެރިން އިންޓަވިއު އާއި މެޑިކަލް ޓެސްޓްތަކާއި އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަ ކުރާނެ އެވެ.

ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ވެސް 350 ބައިވެރިން ނަގަން ހަމަޖެހިފައިވެ އެވެ.

ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު 350 ބައިވެރިން މިހާރު މިދިޔަ ސެޕްޓެމްބަރުން ފެށިގެން ޅ. މާފިލާފުށީގައި އަންނަނީ ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.

މިއީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރަން މި ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.