Last Updated: June 6, 22:41
Saturday, June 6, 2026
ދުނިޔެ

ޑްރަގް ޓްރެފިކް ކުރި ބަޔަކަށް މަރުގެ އަދަބު ދީފި

މަރުގެ އަބަދާ ދެކޮޅަށް ސިންގަޕޫރްގައި ބޭއްވި އެއްވުމެއްގެ ތެރެެއިން.

ސިންގަޕޫރްގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އިތުރު ތިން މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.

އެ ތިިން މީހުންގެ މައްޗަށް ހުކުމް ތަންފީޒުކުރީ މިދިޔަ ހަފުތާގެ ބުދަ އާއި ބުރާސްފަތީގަ އެވެ. އެ މީހުންގެ މައްޗަށް ހުކުމް ތަންފީޒުކުރީ ދަންޖައްސައިންނެވެ. މިއާ އެކު މި އަހަރުގެ މިހާތަނަށް ސިންގަޕޫރްގައި ވަނީ 17 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ. މިއީ 2003 ގެ ފަހުން އެ ގައުމުގައި އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް މަރުގެ ހުކުމް ތަންފީޒުކުރި ފަހަރެވެ.

މިދިޔަ ހަފުތާގައި ތިން މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި އިރު، މަސްތުވާތަަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަބަދު ދިނުމާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައެއްގެ އަަޑުއެހުމެއް ބާއްވަން މި ހަފުތާ އަށް އޮތީ ތާވަލުކޮށްފަ އެވެ.

މަރުގެ އަބަދު ދިނުމާ ދެކޮޅަށް ސިންގަޕޫރްގައި އަަޑު ވެސް އުފުލަ އެވެ.

ނަމަވެސް އެ ގައުމު ފާގަހަކޮށްލެވެނީ އަބަދު ވެސް ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ މީގުންގެ މައްޗަށް ފަސްޖެހުމެއް ނެތި ހުކުމް ތަންފީޒުކުރާ ގައުމެއްގެ އެވެ. އަދި ސިންގަޕޫރަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ހަރުކަށި އަބަދުތައް ދޭ ގައުމެކެވެ.

އެގޮތުން ސިންގަޕޫރަށް 15 ގްރާމްގެ ޑައިފޯމިން، 30 ގްރާމްގެ ކޮކެއިން 250 ގްރާމްގެ މެތު އަދި 500 ގްރާމްގެ ކެނަބިސް އެތެރެކޮށް، އެ އެއްޗެހީގެ އެއްވެސް މުއާމަލާތެއްކުރިކަން ސާބިރުވެއްޖެ ނަމަ މަރުގެ އަބަދު ދެ އެވެ.