Last Updated: July 7, 11:00
Tuesday, July 7, 2026
ޚަބަރު

ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި

މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ ޑރ. ސަނީ އުމަރު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ފުލުހަށް ހާޒިރުކޮށްފި އެވެ.

ރާއްޖެއިން ބޭރުގައި ހުރުމަށްފަހު މިއަދު މާލެ އައުމާއެކު ފުލުހުން ވަނީ އޭނާ އެއާޕޯޓުން ފުލުހުންގެ ކާރަކަށް އަރުވައިގެން ގޮސްފަ އެވެ.

ފުލުހުން ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށްޓަކާ އޭނާ އެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ސަނީ އަކީ ޓްރެވަލް ގައިސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އެވެ. އެ ކުންފުންޏަކީ މޯލްޑިވްސް ހަލާލް ޓްރެވަލް، ދި އައިލެންޑް ޕޯސްޓް ފަދަ ޓޫރިޒަމް ދާއިރާގެ މަޖައްލާތއް ފޮތްތައް ނެރެ، މޯލްޑިވްސް ހަލާލް ޓްރެވަލްގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހިންގަމުން އަންނަ ކުންފުންޏެކެވެ.

ރާއްޖޭގައ ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް ހާއްސަކޮށްގެން ދޭ އެވޯޑެއް ކަމަށްވާ "ގޯލްޑް 100" އަކީ ވެސް ސަނީގެ ކޯޕަރޭޓް މޯލްޑިވްސް އިސްކޮށް އޮވެގެން ދެމުން އަންނަ އެވޯޑެކެވެ.

މި މައްސަލަ ފެންމަތިވުމާއެކު ސަނީގެ ހިއްސާ އޮންނަ ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑުން އޭނަ ވަކިކުރަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.