Last Updated: July 7, 11:00
Tuesday, July 7, 2026
ޚަބަރު

ހުޅުދޫ ރައްޔިތުންގެ ފަރާތުން ލަންކާއަށް 25،000ރ.

ރާއްޖޭގެ މީޑިއާތަކާއި ގުޅިގެ ޕީއެސްއެމުން މިހާރު ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންއަށް ހުޅުދޫ ރައްޔިތުންގެ ފަރާތުން 25،000ރ. ހަދިޔާކޮށްފި އެވެ.

ހުޅޫދޫ ރައްޔިތުންގެ ފަރާތުން މި އެހީ ޓެލެތޯނަށް ހަދިޔާކޮށްފައިވަނީ އެ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސް ނަގައިގެން ކުރިއަށް ގެންދާ މި ޓެލެތޯން ފެށީ އިއްޔެ ހެނދުނު 9:00 ގަ އެވެ. މި ޓެލެތޯން މިއަދު މެންދުރު 2 ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ.

"ސިލޯންއާ އެކު ދިވެހީން" ޓެލެތޯންގައި ޕީއެސްއެެމާ އެކު 37 މީޑިއާއަކުން ބައިިވެރިވެ އެވެ. މި ޓެލެތޯނަށް ވަނީ 11 މިލިއަން ރުފިޔާ އާއި 43،631.31 ޑޮލަރު ލިބިފަ އެވެ.

ތޫފާން 'ޑިޓްވާ' ގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، ލަންކާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.