މީގެ ފަސް ފަސް ވަރަކަށް އަހަރު ކުރިން އަލަތު ކައިވެނި ރޫޅުނު އިންޑިއާގެ ބަތަލާ ސަމަންތާ ރޫތު ޕްރަބޫ އަލުން ކައިވެނިިކޮށްފި އެވެ.
އޭނަ މިއަދު ކައިވެނިކުރީ 2022 އިން ފެށިގެން ރައްޓެހިވެގެން އުޅޭ ޑައިރެކްޓަރު ރާޖް ނިދިމޮރޫއާ އެވެ. އެ ދެ މީހުންގެ ކައިވެނި ހަފުލާގެ ފޮޓޯތަކެއް މިއަދު ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ރާޖް އަކީ ސަމަންތާ މުހިއްމު ރޯލުތަކެއް ކުޅުނު ސީރީޒްތަކެއް ކަމަށްވާ "ސިޑަޓެލް: ހަނީ ބަނީ" އާއި "ދަ ފެމިލީ މޭން" ގެ ޑައިރެކްޓަރެވެ.
ރާޖް އާންމުންގެ ތެރޭގައި މަޝްހޫރީ ރާޖް އެންޑް ޑީކޭގެ ގޮތުގަ އެވެ. ޑީކޭއާ އަކީ އޭނައާ ގުޅިގެން މަސައްކަތްކުރާ ޑައިރެކްޓަރެވެ. އެ ދެ މީހުން ގުޅިގެން ގެނެސްދީފައިވާ ފީޗާ ފިލްމުތަކުގެ ތެރޭގައި "ގޯ ގޯއާ ގޯން" އާއި "ހެޕީ އެންޑިން" އަދި "އަ ޖެންޓްލްމޭން" ހިމެނެ އެވެ.
ރާޖް އާއި ސަމަންތާ ކައިވެނިކުރި އިރު، މިއީ ރާޖްގެ ދެވަނަ ވެސް ކައިވެންޏެވެ. ރާޖް އާއި ޝިއަމަލީ ދޭގެ 2015 ގެ ކައިވެނި 2022 ގައި ރޫޅުނު އިރު ކުއްޖަކު ވެސް ލިބިފައިވެ އެވެ.
އިންޑިއާގެ ދެކުނުގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ސަމަންތާގެ ކުރީގެ ފިރިމީހާ އަކީ މަޝްހޫރު އެކްޓަރު ނާގްރުޖުނާ އަކިނޭނީގެ ދޮށީ ދަރިފުޅު ނާގާ ޗައިތަނިއާ އެވެ. ސަމަންތާ އާއި އެކްޓަރު ނާގްގެ 2017 ގެ ކައިވެނި ރޫޅައިލީ 2021 ގަަ އެވެ. އޭގެ ފަހުން ނާގާ ވަނީ މިދިޔަ އަހަރު ބަތަލާ ޝޮބީތާ ދުލިޕާލާއާ ކައިވެނިކޮށްފަ އެވެ. އަދި ޝޮބީތާ މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ.
ސަމަންތާ ކައިވެނި ކުރި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރުމާ އެކު ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.