Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ޗަމްޕާގެ 11 ވަނަ ރިސޯޓް ހުޅުވައިފި

ޅ. އަތޮޅުގައި ތަރައްގީކޮށްފައިވާ ނަލަ މޯލްޑިވްސް ރިސޯޓު ހުޅުވައިފި އެވެ.

އިއްޔެ އެ ރިސޯޓް ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް އާއި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުޙައްމަދު މޫސާ (އުއްޗު) އެވެ.

ނަލަ މޯލްޑިވްސް ރިސޯޓަކީ ކްރައުންސް އެންޑް ޗަމްޕާސް އިން ރާއްޖޭގައި ހުޅުވި 11 ވަނަ ރިސޯޓެވެ.

ޅ. އަތޮޅުގެ ޖާވާ ފަޅުގައި ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ 80 ވިލާ ހިމެނޭ ރިސޯޓެކެވެ. އޭގެ ތެރޭގައި 20 ސަންރައިޒް ވިލާ އައި 22 ސަންސެޓް ވިލާ އާއި 30 އޯވާ ވޯޓަާ ވިލާ އަދި 8 ރޮމޭންޓިކް ވިލާ ހިމެނެ އެވެ. ތަފާތު އެކި ސަރަހައްދުގެ ކާނާ ލިބޭ ތިން ރެސްޓޯރެންޓް ރިސޯޓް ވެސް ހަދާފައިވެ އެވެ.

މީގެ އިތުރުން ވޯޓާ ސްޕޯޓްސް ސެންޓަރެއް ވެސް ރިސޯޓުގައި ހަދާފައިވެ އެވެ.

ނަލަ މޯލްޑިވްސް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ސީޕްލޭންގައި 35 މިނެޓުން ދެވޭނެ ރިސޯޓެކެވެ.