Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

އިންވެސްޓްމަންޓްގެ މަޝްވަރާތަކަށް ސައުދީގެ ވަފުދެއް

ރާއްޖޭގައި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގައި ހުންނަ އެ ގައުމުހެ އެންބަސީން ބުނީ ސައުދީގެ އިންވެސްޓްމަންޓާ ބެހޭ މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަމިއްލަ ބައެއް ކުންފުނިތަކުގެ އޮފިޝަލުންތަކެއް ހިމެނޭ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ.

އަދި ދަތުރަކީ ދެ ގައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްގެ އެކި ފުރުޞަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ކުދާ ދަތުރެއް ކަމަށް ވެސް އެމްބަސީން ބުންޏެވެ.

ސައުދީ އަކީ ރާއްޖެއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ ރާއްޖޭގެ ތަރައްގީގެ އެކިއެކި ކަންކަމަށް ވެސް އެހީވަމުން އަންނަ ގައުމެކެވެ. ރާއްޖެ އާއި ސަޢުދީއާ ދެމެދު އިޤުތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން އެއްބަސްވުމެއްގައި މިދިޔަ އަހަރު ވެސް ސޮއިކޮށްފައިވެ އެވެ.

ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅޫން ގާއިމުކުރީ މާޗް 17، 1981 ގަ އެވެ.