ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާ އެކު ބިދޭސީ މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝަމީމް އަހައްމަދު، 31، އެވެ.
ފުލުހުން ބުނީ 72 ބިޔަރު ދަޅާ އެކު އޭނަ ހައްޔަރުކުރީ އިއްޔެ ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް ހުޅުމާލެ އެމްޓީސީސީ ޓާމިނަލް ކައިރިން އޭނަ ސައިކަލެއްގައި ދަނިކޮށް، ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން، އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި އިރު ބިޔަރު ދަޅުތައް ފެނިގެން ކަމަށެވެ.
އެ ދަޅުތައް ފެނުނީ އޭނަ ގެންގުޅުނު ދަބަހެއްގެ ތެރެއިންނެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.