Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ނަސްރީން ޔޫތު މިނިސްޓްރީގެ ނައިބަކަށް

ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމް) މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއަކަށް އައްޔަންކޮށްފި އެވެ.

ނަސްރީން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 29 ގަ އެވެ.

ނަސްރީނާ އެކު މިހާރު ޔޫތު މިނިސްޓްރީގައި ފަސް ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވި އެވެ. އޭނަ މިނިސްޓްރީގެ ނައިބަކަށް އައްޔަންކުރީ މި ހަފުތާގަ އެވެ.

ކުރިން ޕީއެސްއެމްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމު ވެސް އަދާކުރެއްވި ނަސްރީން އެތަނުގެ އެމްޑީއަކަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 23 ގަ އެވެ. އޭނަ އަކީ މި ސަރުކާރުގައި ޕީއެސްއެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި ތިން ވަނަ ބޭފުޅާ އެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ދައުލަތުގެ މީޑިއާގެ އެމްޑީއަކަށް އައްޔަންކުރީ ކުރީގެ ނޫސްވެރިޔާ ޒީނާ ޒާހިރެވެ. އޭނަ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް 24 ގަ އެވެ. އޭގެ ފަހުން ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަންކުުރީ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތަކެއް އަދާކުރެއްވި މުހައްމަދު ސައީދެވެ.

އެމްޑީގެ މަގާމަށް މިދިޔަ އަހަރުގެ އޮގަސްޓް 25 ގައި ސައީދު އައްޔަންކޮށްފައި ވަނިކޮށް އިސްތިއުފާ ދެއްވީ އެ އަހަރުގެ ޑިސެންބަރު 17 ގަ އެވެ.