Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އީސީސީ އާ ހޮސްޕިޓަލްގެ ގޮތުގައި ތަރައްޤީ ކުރަން ރައީސް ޔާމީން ވަނީ ނިންމަވާފައި: ޣައްސާން

ހިތަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލް 17 ވަނަ ސާކް ސަމިޓަށް ހިތަދޫގައި ބިނާ ކުރި ކޮންވެންޝަން ސެންޓަރު (އީސީސީ)އަށް ބަދަލު ކުރުމަށް ރައީސް ޔާމީން އަބްދުލް ގައްޔޫމް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޢައްސާން މިގޮތަށް ވޮދާޅުވެފައި ވަނީ، އައްޑޫ ޑިވޮލަޕްމެންޓް ކޮމިޓީގެ (އޭޑީސީ) ބޭފުޅުންނާއި އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް މުއްދަތެއް ނެތް ގޮތަކަށް ފަސް ކުރުމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސް ޔާމީނާއި ހިއްސާ ކުރުމަށް އޭޑީސީ އިން ރައީސް އެންމެ ފުރަތަމަ އެދިފައިވަނީ ރައީސް އަބްދުﷲ ޔާމީން އާއި ބައްދަލުކުރެއްވުމަށެވެ.

ނަމަވެސް 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އޭޑީސީގެ ބޭފުޅުންނާއި ބައްދަލުކުރެއްވީ، ރައީސް އޮފީހުގެ މިނިސްޓަރ ޣައްސާން މައުމޫނެވެ.

އޭޑީސީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އީސީސީ ހުރި އިމާރާތް މަރާމާތު ކޮށް އާ ހޮސްޕިޓަލްގެ ގޮތުގައި ބޭނުން ކުރުމަށް ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ޣައްސާން ވިދާޅުވި ކަމަށެވެ.

ހޮސްޕިޓަލްގެ މައްސަލާގައި ރައީސް ޔާމީން އާއި ބައްދަލު ކުރުމަށް އައްޑޫއަށް ނިސްބަތްވާ 11 ބޭފުޅަކު ގޮސްފައިވާ އިރު އޭގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ހަބީބް އާއި ޑރ. އަބްދުﷲ އަފީފްގެ އިތުރުން ޑރ. އާއިޝަތު އަލީ އާއި ޑރ. ސިމާދު ސައީދް އާއި އަބްދުﷲ ސޯލިހް (ދަމާސް ސޯލިހް) ހިމެނިވަޑައިގަންނަވައެވެ.