ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެ ގައުމުން އެހީވާން ރާއްޖެ އިން "ސިލޯނާ އެކު ދިވެހިން" ނަމުގައި ބޭއްވި ޓެލެތޯނަށް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އިސްކޮށް އޮވެ، އިތުރު 37 މީޑިއާއަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހުހެ ހެނދުނު 9:00 އިން ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ޖުރިއަށް ގެންދިޔަ ޓެލެތޯނަށް ޖުމްލަ 12،341،466.62 ރުފިޔާ ލިބިފައިވެ އެވެ.
މި ޓެލެޓޯންގެ އޮފިޝިއަލް އޮޑިޓް ޕާޓްނަރަކީ ކްރޯ މޯލްޑިވްސް އެވެ. ކްރޯ މޯލްޑިވްސް އެވެ.
ޓެލެތޯނަށް ލިބުނު ފައިސާހެ ތެރޭގައި ހިމެނެނީ 11،553،291.10ރ. އާއި 51،088.31 ޑޮލަރާއި 20 ޔޫރޯ އެވެ.
ކްރޯ މޯލްޑިވްސްއިން ބުނީ ލިބުނު ހުރިހާ ފައިސާއެއް ގުނައި ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
"ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ އެކިއެކު މުއައްސަސާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވެސް އެހީ ދީފައިވެ އެވެ.
މި ޓެލެތޯނަށް އެންމެ ބޮޑު އެހީއެއް ދިނީ ފުލުހުންގެ ފަރާތުންނެވެ. އެއީ2.4 މިލިޔަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އެހީއެއް ދިނީ ސިފައިންނެވެ.ސިފައިންގެ ފަރާތުން އެއް މިލިޔަން ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.
ސަރުކާރުން ވަނީ ލަންކާ އަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ވެސް ހަދިޔާ ކުރަން ނިންމައިފަ އެވެ.