Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ފުވައްމުލަކުގެ ފެނަށް މިދިޔަ މަހަށް ބިލް ނުކުރާނެ

ފުވައްމުލަކު ފެނުގެ މައްސަލައިގައި ކުރި މުޒާހަރާގެ ތެރެއިން.

ފުވައްމުލަކުގެ ސަޕްލައި މިދިޔަ މަހުގެ ތެރޭގައި ދިމާވި މިދިޔަ މަހަށް ބިލު ނުކުރާ ގޮތަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، ރަނގަޅު ފެންވަރެއްގައި އެ ހިދުމަތް އަލުން ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ އެންމެ ދެކުނު އެއް ސިޓީގެ ފެނުގެ ނެޓްވޯކުގެ މަސައްކަތްތައް މިދިޔަ މަހު ކުރަމުން ދިޔައިރު، ފެން ކެނޑުމާއި ފެނުގެ ޕްރެޝަރު ދަށްވުން ކަހަލަ ކަންކަން ހިނގާފައިވެ އެވެ. ފެނަކަ އިން އެ މައްސަލަތައް ހައްލު ކުރަން ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެގެ.

އެހެންވެ މި ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި މިދިޔަ މަހު ފެނަށް ބިލު ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.

ފުވައްމުލަކުގެ ސަޕްލައި ފެނުގެ މައްސަލައާ ގުޅިގެން ކައުންސިލުން ވަނީ ފެނަކަ ގޮވައިގެން ކޯޓަށް ވެސް ވެސް ނިންމައިފަ އެވެ.